
ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބުކުރި 970 ވަނަ ލަނޑާއެކު އަލް ނަސްރަށް އަށް ޕޮއިންޓްގެ ލީޑެއް
# އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް އަހްލީކްރިސްޓިއާނޯ ރޮނާލްޑޯ
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލް އަހްލީ އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ރޮނާލްޑޯ އޭނަގެ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް 970 ލަނޑު ހަމަކޮށްފިއެވެ.

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު އަތުން މޮޅުވެފައިވާއިރު. މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން މޮޅުވި 16 ވަނަ މެޗެވެ. އަދި އަލް އަހްލީ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަލް ފައިހާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އަހްލީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 26 މެޗުގައި އޭނާ ކާމިޔާބުކުރި 25 ވަނަ ލަނޑެވެ.
އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން އަލް ނަސްރަށް 79 ޕޮއިންޓް ލިބިފައިވާއިރު. ދެވަނައިގައި އޮތް އަލް ހިލާލްއަށް 29 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އަލް އަހްލީ އިން ލީގުގައި ކުޅުނު 29 މެޗުން ހޯދި 66 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




