
-
ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާސިލް އަލް ހަކީމްގެ ހާއްސަ ދަރުހެއް މިރޭ އައްޑޫ ސިޓީގައި އޮންނާނެ އެވެ.

ޝެއިހް އާސިމް މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުން އިންތިޒާމްކުރާ ޝެއިހް އާސިމްގެ މި ދަތުރުގައި ރާއްޖޭގެ ފަސް ސިޓީގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ދަރުސް ދެއްވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައެވެ. ދެވަނަ ދަރުސް ބޭއްވީ ބުދަ ދުވަހުގެ ރޭ މާލެ ސިޓީ، ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމް ހޯލުގައެވެ.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fgaafu.mv%2Fposts%2Fpfbid02RrgCS3ZbSr3tQwrgZcR2Efqs4ScLoVBzGVYbDRijA1X495wwZf1SESCxwy8kDRNil&show_text=true&width=500" width="500" height="582" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>
ބުރާސްފަތިދުވަހުގެ ރޭ (މިރޭ) ދަރުސް އޮންނާނީ އައްޑޫސިޓީ އައްޑޫ ހައި ސްކޫލުގެ ހޯލުގައެވެ. މިރޭގެ ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ 8:30 ގައެވެ. މިރޭގެ ދަރުސްއަށްފަހު، ދެން ދަރުސް ދެއްވާނީ ހުކުރުދުވަހުގެ ރޭ ފުވައްމުލައް ސިޓީގައެވެ. އަދި މި ޓުއަރގެ ފަހު ދަރުސް އޮންނާނީ ހޮނިހިރުދުވަހުގެ ރޭ ތިނަދޫ ސިޓީގައެވެ.
ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.
ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.






