logoEN
WAMCO TOP 1
ދަތުރުވެރިޔާ އުމްރާ ގްރޫޕުން އައްޑޫ-މައްކާ ރޫޓު ރަސްމީކޮށް އިފްތިތާހުކޮށް، އަގުތައް އާއްމުކޮށްފި

ދަތުރުވެރިޔާ އުމްރާ ގްރޫޕުން އައްޑޫ-މައްކާ ރޫޓު ރަސްމީކޮށް އިފްތިތާހުކޮށް، އަގުތައް އާއްމުކޮށްފި

# ދަތުރުވެރިޔާ

-

ދަތުރުވެރިޔާ އުމްރާ ގްރޫޕުން "އައްޑޫ-މައްކާ" ރޫޓު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

THE TRAVELLER AD

އައްޑޫ ސިޓީގައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި "އައްޑޫ-މައްކާ ރޫޓު" އިފްތިތާހުކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު އެވެ.

އައްޑޫ މައްކާ ރޫޓަކީ، އައްޑޫއިން ސައޫދީ އަރަބިއްޔާގެ ޖިއްދާ އެއާޕޯޓާ ގުޅުވައިދޭ ސީދާ ދަތުރެކެވެ. ދަތުރުވެރިޔާ އުމްރާ ގްރޫޕުން ތައާރަފްކުރާ މި ހިދުމަތަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރެވޭ ހިދުމަތެކެވެ. މީގެ ކުރިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެހެން އެހެން އެއާޕޯޓަކުން ޖިއްދާ އެއާޕޯޓަށް ސީދާ ދަތުރެއް ކޮށްފައެއް ނުވެއެވެ.

ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ އައްޑޫ މައްކާ ރޫޓުގެ އުމްރާ ޕެކޭޖުތައް:

  1. ޖުލައި އުމްރާ 29,999ރ -15 ދުވަސް
  2. ޑިސެމްބަރު އުމްރާ 29،999ރ - 15 ދުވަސް
  3. ރަމަޟާން އުމްރާ 47،999ރ - ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ފުރަތަމަ 6ދުވަސް (21 ދުވަސް)

ދަތުރުވެރިޔާގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގައި މުޅިން އަލަަށް ތައާރަގްކުރެވުނު މި ހިދުމަތަކީ، މުޅި ދެކުނުގެ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ދަތުރަށް ކުރާ ހަރަދާއި، ފުރުމުގެ ކުރިން މާލެ ގޮސް މަޑުކުރަން ޖެހުމުން ހިނގާނެ ގިނަ ހަރަދުތަކެއް ސަލާމަތްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖުލައި އަދި ޑިސެމްބަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން ޑޮމެސްޓިކް ދަތުރުތަކުން ޖާގަ ހޯދުމަށް ދިމާވާ ދަތިތަކަށްވެސް މި ދަތުރުތަކުގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އައްޑޫ-މައްކާ ރޫޓުގެ ޕެކޭޖުތަކުން މުޅި ދެކުނުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު ޑޮމެސްޓިކް ޖާގަ ހޯދުމުގައި ދިމާވާ ދަތިތަކާއި، މާލެ ގޮސް މަޑުކުރުމާއި، އެހެނިހެން ހަރަދުތައް ސަލާމަތްވާނެ. އަނެއް ފަސޭހައަކީ ފުރުމުގެ ކުރިން އަމިއްލަ އާއިލާއާ ބައްދަލުކޮށް ސަލާން ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ" - އޮފިޝަލް ވިދާޅުވި އެވެ.

ދަތުރުވެރިޔާ އުމްރާ ގްރޫޕުން ޖުލައި އަދި ޑިސެމްބަރު އުމްރާއަށް ކަނޑައަޅާފައިވާ އާއްމު އަގަކީ 28،400 ރުފިޔާ އެވެ. މިއީ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން ޖިއްދާއަށް ފުރާނަމަ އެވެ. އައްޑޫމައްކާ ރޫޓުގެ އަގަށް 1500ރ އިތުރުވި ނަމަވެސް އެހެނިހެން ހަރަދަށް ބަލާއިރު ޑޮމެސްޓިކް ދަތުރުގެ އަގުން އެކަނިވެސް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މި ދަތުރުގެ ބުކިންގ އަށް މިހާރު ހުޅުވާލާއިފައިވާއިރު، މި ދަތުރުގައި ބޭނުންކުރާނީ، އެއްފަހަރާ 264 އުފުލޭ މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 ބޯޓެވެ. ދަތުރުވެރިޔާ ގްރޫޕުގެ އުމްރާ ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު 9476612 އިން ލިބޭނެ އެވެ.

ކޮމެންޓް
ފަހުގެ
HDC