
-
ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާސިލް އަލް ހަކީމްގެ ހާއްސަ ދަރުހެއް މިރޭ ކުޅުދުއްފުށި ސިޓީގައި އޮންނާނެ އެވެ.

ޝެއިހް އާސިމް މިއަދު ހެނދުނުގެ ވަގުތެއްގައި ތިނަދޫ ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ތިނަދޫ ސިޓީގެ ދަރުސް އޮންނާނީ ތިނަދޫ ސްކޫލް ހޯލުގައި މިރޭ 8:30 ގައެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ފަރާތުން އިންތިޒާމްކުރާ މި ޓުއާގައި، ރާއްޖޭގެ ފަސް ސިޓީގައި ޝެއިހް އާސިމްގެ ދަރުސްދެއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ، މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ދަރުސްތައް މިހާރު ވަނީ ނިންމާލާފައެވެ.
ޝެއިހްގެ ކޮންމެ ދަރުސެއްގައިވެސް ސުވާލު ހުށަހެޅުމަށް ހާއްސަ ފުރުސަތެއް ހުޅުވާލެވިގެންދާނެ ކަމަށް ދަތުރުވެރިޔާ ގްރޫޕުން ބުނެއެވެ.
ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.
ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.





