
-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 24،000 ޓަނުގެ ކާގޯ އުފުލި ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިމިދިޔަ އަހަރު 24،782 ޓަނުގެ ކާގޯ އުފުލާފައިވެއެވެ. އެއީ ކުރީ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ ތެރެއިން 18،908 ޓަނުގެ ކާގޯއަކީ އިންބައުންޑް އަދި 5،873 ޓަނުގެ ކާގޯއަކީ އައުޓްބައުންޑް މުދަލެވެ.
ޓްރާންޝިޕްމަންޓުގެ ގޮތުގައި، 4277 ޓަނުގެ މުދާ ގެނެސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާ ބަލާއިރު 14 ޕަސެންޓުގެ ކުރިއެރުމެކެވެ. ޓްރާންޝިޕްމަންޓް މުދަލުގެ ތެރެއިން ސީ-ޓު-އެއާ މެދުވެރިކޮށް 322 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި އެއާ-ޓު-އެއާ މެދުވެރިކޮށް 3955 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ.
ވެލާނާ އެއާޕޯޓުގެ ފުރަތަމަ ކުއާޓަރުގައި ފްރެއިޓާ މޫވްމަންޓްސް އަދަދަކީ 264 ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.






