logoEN
WAMCO TOP 1
މިނިސްޓަރ މުއްޠަލިބް މާލޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

މިނިސްޓަރ މުއްޠަލިބް މާލޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

އަހުމަދު ޝުރާއު

logo

4/30/2026, 4:29:30 AM

# ހައުސިންގ މިނިސްޓްރީ

-

‏މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ, ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުالله މުއްޠަލިބް މާލޭގައި ކުރިއަށްދާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

THE TRAVELLER AD

މަޝްރޫއުތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ސައިޓުތަކަށް މިނިސްޓަރު ޒިޔާރާތްކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

އެގޮތުން މިނިސްޓަރ ވަނީ ރަސްފަންނާއި ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ޖުމްހޫރީ މައިދާން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

‏މިނިސްޓަރގެ އަރިހުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޠީމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ޠަޢާމް މުޙައްމަދު އާއި މިނިސްޓްރީގެ ޕްރޮޖެކްޓްސް ޓީމުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC