logoEN
WAMCO TOP 1
ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން 2 ދުވަހުގެ ޕްރޮގްރާމެއް ފަށައިފި

ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން 2 ދުވަހުގެ ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

5/18/2026, 11:03:48 AM

# ހައުސިންގ މިނިސްޓްރީ

-

ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާވިފައިވާ ޤަވާއިދުތަކަށް ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

THE TRAVELLER AD

މިއީ އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަހުލުވެރިކުރުވުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ސެޝަންތަކުގައި އިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާއި، މާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

18 އަދި 19 މޭ ގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޢިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2017/4) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިނިސްޓްރީއިން ހިންގާ ސިލްސިލާ ޕްރޮގްރާމްތަކެއްގެ ތެރެއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް
ފަހުގެ
HDC