logoEN
WAMCO TOP 1
ހައްޖުވެރިންގެ ފޮއްޓާއި ކިޓް ހަވާލުކުރަން ފަށައިފި

ހައްޖުވެރިންގެ ފޮއްޓާއި ކިޓް ހަވާލުކުރަން ފަށައިފި

# ހައްޖު ކޯޕަރޭޝަން# ހައްޖުވެރިން

ހައްޖުވެރިންނަށް ފޮއްޓާއި ކިޓް ހަވާލުކުރުމުގެ ތެރެއިން- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ހައްޖަށްދާ ފަރާތްތަކުގެ ފޮއްޓާއި ކިޓް ހައްޖު ކޯޕަރޭޝަން އިން ހަވާލުކުރަން ފަށައިފި އެވެ.

THE TRAVELLER AD

އިސްލާމީ މަރުކަޒުގައި ފޮއްޓާއި ކިޓް ދޫކުރަން ފަށާފައިވާއިރު، ހައްޖު ކިޓުގައި ލަޖެއް ފޮށި، ހޭންޑް ލަގެޖް، ފައިވާންލާ ދަބަސް، އުނަގަނޑުގައި އަޅުވާ ދަބަސް، ރީތިވާ ސާމާނު އަޅާ ދަބަސް، ފިރިހެނުންނަށް އިހްރާމް އަދި ދުއާ ކާޑާއި ހައްޖާ ގުޅޭ މައުލޫމާތު ފޮތެއްވެސް ހިމެނެ އެވެ.

މީގެތެރެއިން ކިޓުގައި ހިމެނޭ ހޭންޑް ލަގެޖް އަކީ ހައްޖުގެ މަޝާއިރަށް ދަތުރުކުރާ 5 ދުވަހަށް ތަކެތި އަޅައިގެން ގެންދިއުމަށް ހާއްސަ ކޮށްފައިވާ ދަބަހަކަށްވާއިރު، ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތުގެ އިރުޝާދާއި މައުލޫމާތު ދިނުމަށް ދުއާ ކާޑު ފޮތާއި، މައުލޫމާތި ފޮތް ހިމެނޭއިރު، ދުއާ ކާޑަކީ ގެންގުޅެލުމަށާއި، ކިޔުމަށް ފަސޭހަވާނެހެން އަދި ވާރޭގައި ޖެހުނަސް ހަލާކު ނުވާނެހެން ތައްޔާރުކޮށްފައިވާ ކާޑެކެވެ.

undefinedހައްޖުވެރިންނަށް ފޮއްޓާއި ކިޓް ހަވާލުކުރުމުގެ ތެރެއިން- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި ކިޓުގައި ހިމެނޭ ހުރިހާ ތަކެއްޗަކީ އެއް ތީމަކުން ތައްޔާރުކޮށްފައިވާ އަދި ދަތުރަށް އެންމެ ގުޅޭގޮތައް ފަރުމާކޮށްފައިވާ ތަކެއްޗެވެ. އަދި ކޮންމެ ފޮއްޓެއްގައި ލޯގޯ އާއި ހާޖީންގެ މައުލޫމާތު ހަރުކުރާއި، ފޮށީގައި ހަރުކުރާ މައުލޫމާތު ކާޑާއި، ކަރުގައި އަޅުވާ ކާޑު ހަވާލުކުރާނީ ބައްދަލުވުންތަކުގަ އެވެ.

ރާއްޖެއަށް ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މިއަންނަ މަހުގެ 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވާނީ 17،18 އަދި 19 ވަނަ ދުވަހު އެވެ.

ކޮމެންޓް
ފަހުގެ
HDC