
ހޮނު އެޅުމުގެ ސަބަބުން ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރަން އިލްތިމާސްކޮށްފި
# ސްޓެލްކޯ# ވިއްސާރަސްޓެލްކޯ
މިހާރު ރާއްޖެއަށް ކުރަމުންދާ މި ވިއްސާރާގައި ގުގުރުމާއެކު ހޮނު އަޅަމުންދާއިރު، އެކަމުގެ ސަބަބުން ކަރަންޓު ކެނޑޭނަމް ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރުމަށް ސްޓޭޓް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ ރޭ ކުރި ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ (ELCB) ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރައްވައި އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ނަންގަވައި ކަރަންޓު ދިނުމަށް މަސައްކަތް ކުރެއްވުމަށް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ.
ނަމަވެސް އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅުއްވައި ރިޕޯޓް ކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.
ރޭގައި ކުރި ވިއްސާރާގައި ބައިވަރު އިމާރާތްތަކަށް ގުގުރުމުގެ ސަބަބުން ހޮނި އެޅި މަންޒަރު ފެނިގެންދެ އެވެ. އަދި ހޮނު އެޅުމުގެ ސަބަބުން އެ އިމާރާތްތަކުން ކަރަންޓު ގޮސްފައިވާކަމަށްވެސް ރައްޔިތުން ރިޕޯޓްކޮށްފައިވެ އެވެ.
ގުޅުންހުރި

މ. އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިން ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފި

ސްޓެލްކޯގެ އަހަރީ "ސްޓާފް ނައިޓް" ކުލަގަދަކޮށް ބާއްވައި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާއި ހަވާލުކޮށްފި




