logoEN
WAMCO TOP 1
ޑަމަކް އަތުން ހަނިގޮތަކަށް މޮޅުވެ އަލް ހިލާލް އިން ފަރަގު ކުޑަކޮށްފި

ޑަމަކް އަތުން ހަނިގޮތަކަށް މޮޅުވެ އަލް ހިލާލް އިން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

4/29/2026, 5:20:18 AM

# ޑަމަކް # ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ހިލާލް

އަލް ހިލާލް އާއި ޑަމަކް ވާދަކުރި މެޗުގެ ތެރެއިން...

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޑަމަކް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެ އަލް ހިލާލް އިން އެއްވަނައިގައި އޮތް އަލް ނަސްރު އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

THE TRAVELLER AD

ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު މެޗުގައި އަލް ޚުލޫދު އާއި ވާދަކޮށް ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ޑަމަކް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އަލް އުޚްދޫދު ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ހިލާލް އިންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އަލް ހިލާލް އިން މެޗު ޑޮމިނޭޓްކުރިއިރު. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސާޖް މިލިންކޮވިޗް ސަވިޗް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިނަތީޖާއެކު ލީގުގައި އަލް ހިލާލް ކުޅުނު 29 މެޗުން އެޓީމަށް 71 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑަމަކް އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

މީގެ އިތުރުން މިރޭ ތާވަލުގެ އެއްވަނައިގައި އޮތް އަލް ނަސްރާއި ތިންވަނައިގައި އޮތް އަލް އަހްލީ ވާދަކުރާ މެޗުން އަލް ނަސްރު މޮޅުވެއްޖެނަމަ އެޓީމަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީި މިރޭ ރާއްޖެ ގަޑިން 23:00 ގައެވެ.

ކޮމެންޓް
ފަހުގެ
HDC