
ފޯރިގަދަ ކުޅުމަކަށްފަހު ޗެމްޕިއަން ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
# ބަޔާން މިއުނިކް# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ޕީއެސްޖީބަޔާން މިޔުނިކާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކާއި ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން 4-5 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި ބަޔާން ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 6-4 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންނެވެ.
ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބަޔާން މިޔުނިކުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން ގާތްގާތުގައި ކާމިޔާބުކުރި ދެލަނޑާއެކު ޕީއެސްޖީ އިން ތިން ލަނޑުގެ ލީޑެއް ވެސް ހޯދިއެވެ.
މިއާއެކު ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ތިން މިނެޓް ތެރޭގައި ދެލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ ފަހު ވަގުތު ޕީއެސްޖީގެ ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
އެގޮތުން މިމެޗުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ އަދި ޚަވިޗާ ކަވަރަޓްސްޚޭލިއާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޖޯއައު ނެވޭސް އެވެ. އަދި މީގެ އިތުރުން މިމެޗުގައި ބަޔާން މިޔުނިކުގެ މައިކަލް އޮލީސޭ، ހެރީ ކޭން، ލުއިސް ޑިއާޒް އަދި ޑިފެންޑަރު ޑަޔޮޓް އަޕަމެކާނޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




