logoEN
WAMCO TOP 1
ސާފް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ސޮބާ!

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ސޮބާ!

ހަސަން ޝަމްއޫން

logo

4/28/2026, 2:32:47 PM

# ދިވެހި ކުޅިވަރު

ސޮބާހު މުހައްމަދު ..

25 މެއި 2026 އިން 07 ޖޫން 2026ގެ ނިޔަލަށް އިންޑިއާގެ ގޯއާ ސްޓޭޓުގެ ފަޓޯޑާ ސްޓޭޑިއަމްގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ހެޓް ކޯޗަކަށް ތަޖުރިބާކާރު ކޯޗު ސޮބާހު މުހައްމަދު (ސޮބާ)، އެފްއޭއެމް އިން ހަމަޖައްސައިފިއެވެ.

THE TRAVELLER AD

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އެންމެ ފަހުން ވާދަކޮށްފައިވަނީ، އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ގައުމީ އަންހެން ޓީމުން ކުޅުނުއިރު، ކޮލިފައިން ފުރަތަމަ މެޗުގައި، ރާއްޖެ ވަނީ ފީފާ ވޯލްޑް ކަޕްގައި ކުޅޭ އަދި އެންމެ ފަހުން އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ވާދަކުރި، ވިއެޓްނާމް އަތުން 7-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

މީގެ ދެ އަހަރު ކުރިން، އޭޝިއަން ކަޕް ކޮލިފައިންގައި ވިއެޓްނާމް އަތުން 16-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވި ދިވެހި ޓީމުން ވަނީ، މިފަހަރު ވިއެޓްނާއެކު ކުޅުނު މެޗުގެ ކުރިން އާތީއާ އެކު ދޮޅު މަހެއްހާ ދުވަހު ޕްރެކްޓިސް ކޮށްފައެވެ. ނަތީޖާއްގެ ގޮތުން، ވިއެޓްނާމާއި ދެކޮޅަށް ދިވެހި ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި 3-0 ގެ ނަތީޖާއަކުން ގުއާމް އަތުން ބަލިވިއިރު، ފަހު މެޗުގައި، ޔޫއޭއީ އަތުން ދިވެހި ޓީމު ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް 2016 ވަނަ އަހަރު ދިވެހި ޓީމުން ވަނީ ، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި، 1-0 ގެ ނަތިޖާއަކުން ޔޫއޭއީ ބަލިކޮށްފަ އެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގ ގައުމީ ޓީމަށް ވެސް އިރުޝާދުދެމުން އަންނަ ސޮބާހު އާއެކު ގައުމީ އަންހެން ޓީމުގެ ފަރިތަކުތުންތައް ފަށާފައިވާއިރު، ސޮބާ އަކީ ދިވެހި ފުޓްބޯޅައިގައި ގިނަ ބޮޑެތި ގިނަ ކުލަބުތަކަކާއެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

އެގޮތުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބ, ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބް ވެލެންސިއަށް އިރުޝާދު ދިނުމުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ވެސް ސޮބާ ވަނީ މީގެ ކުރިން މަސައްކަތްކޮށްފަ އެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި ފަަސް ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާ އާއި އެއްގުރޫޕެއްގްއެވެ.

ގްރޫޕްގައި އޮތް ބަންގްލަދޭޝް އަކީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އެވެ. އަދި، މި ގްރޫޕްގައި ދެން އޮތް އިންޑިއާ އިން ވަނީ ފަސް ފަހަރު މި މުބާރާތުގެ ތަށި ކާމިޔާބުކޮށްފަ އެވެ.

ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މެއި 25 ވަނަ ދުވަހު އިންޑިއާ އާއި ވާދަކުރުމަށްފަހު ދެވަނަ މެޗުގައި މެއި 29 ވަނަ ދުވަހު ދިވެހި ޓީމުން ނުކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC