
ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ- މިނިސްޓަރު މުއްތޮލިބު
# މިނިސްޓަރު މުއްތަލިބު# ނޫސްވެރިކަން# މިނިސްޓްރީ އޮފް އިންފްރާންސްޓަކްޗާ، ހައުސިންގް، އާބަން ޑިވެލޮޕްމަންޓްހައުސިންގް މިނިސްޓަރު މުއްތޮލިބު
ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ ކަމަށް މިނިސްޓްރީ އޮފް އިންފްރާންސްޓަކްޗާ، ހައުސިންގް، އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އަބްދު ﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތޮލިބު މިހެން ވިދާޅުވީ އެކްސްގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، ގައުމު ހަމަޖެހުން ނަގާލައިގެން ބަޔަކު އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ ފުރުސަތު ދައުލަތުގެ އިދާރާތަކުން ދީގެންވެސް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ނޫހެއް ކަމަށްވާ އަދަދު ނޫހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މިިދިޔަ މަހުގެ ފަހުކޮޅު ނެރުނު ޑޮކިއުމެންޓަރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ކަމަށާއި އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެ ކަމަށް އިއްޔެ ރައީސް ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ރޭގައި އަދަދު ނޫހުގެ އޮފީސް ފުލުހުން ވަނީ ބަލައި ފާސްކޮށް، އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި އެހެނިހެން ފަރާތްތަކުންވެސް ވަނީ ނޫސްވެރިކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ- މިނިސްޓަރު މުއްތޮލިބު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ- މިނިސްޓަރު ޝަހީމް

ދަރަވަންދޫއިން ބިން ހިއްކާކަށް ނޫޅޭ - މުއްތަލިބު




