logoEN
WAMCO TOP 1
ޑްރާފްޓް އެޕްލިކޭޝަންއާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމް ހުށަހަޅާފައިވޭ- މުއްތޮލިބް

ޑްރާފްޓް އެޕްލިކޭޝަންއާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމް ހުށަހަޅާފައިވޭ- މުއްތޮލިބް

# ބޯހިޔާވަހިކަން# މިނިސްޓަރު މުއްތަލިބު

މިނިސްޓަރު މުއްތޮލިބް ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ފުރަތަމަ މަޝްރޫއުގެ ދަށުން މިހާތަނަށް ޑްރާފްޓް އެޕްލިކޭޝަންއާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމް ހުށަހަޅާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދު ﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބް ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރު ބޮޑުކަން ހާމަކުރައްވާ ވިދާޅުވީ ބޯހިޔާވަހިކަމަށް އެދި 20،000 ފޯމް ލިބިފައިވާއިރު، އެކަމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި މިހާރުވެސް 17،000 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މިފަހަރު ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތްނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަރުހަލާ ކޮންޓްރޯލްކޮށްގެން ކުރިއަށްގެންދާއިރުވެސް ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ނަންބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ އަދަދު. މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ. އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން" މުއްތޮލިބް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހަައްލުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުން މަސައްކަތްކުރަމުން އައިކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މަޝްރޫއުތަކުގެ އަދަދުވެސް މިނިސްޓަރު ވަނީ އާންމުކުރައްވާފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC