
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
# ނުކުޅެދުންތެރިކަން ހުންނަ މީހުން# ބޯހިޔާވަހިކަން# މިނިސްޓްރީ އޮފް އިންފްރާންސްޓަކްޗާ، ހައުސިންގް، އާބަން ޑިވެލޮޕްމަންޓްފްލެޓް
ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި އެ ފަރާތުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިންގް މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ބެލެނިވެރިޔާއަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އުސޫލަށް ގެނައި ބަދަލުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭނީ ފޯމް ފުރުމަށް ދަތިވާ ފަރާތްތައް އަދި 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންގެ ފަރާތުންނެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ވަކިން މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 1 ވަނަ ދުވަހު އެވެ.
މި ފުރުސަތު ހުޅުވާލާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކުރުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭނެ އެވެ. މިދިޔަ ފެބްރުއަރީ މަހު އުސޫލަށް ބަދަލު ގެނައުމުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކޮށްދިނުމަށްޓަކައި ހަމައެކަނި އެބައިގައި ފާހަގައެއް ޖެހުމުން ފުދެ އެވެ. އަދި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވަނީ ކުޑަކޮށްދީފަ އެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅެނީ ، މާލެ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުންނަށެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ޑްރާފްޓް އެޕްލިކޭޝަންއާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމް ހުށަހަޅާފައިވޭ- މުއްތޮލިބް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމަށް 20 ވަނަ ދުވަހު ހުޅުވާލަނީ




