logoEN
WAMCO TOP 1
ޝެއިހް އާސިމްގެ ދަރުސް މިރޭ ކުޅުދުއްފުށި ސިޓީގައި!

ޝެއިހް އާސިމްގެ ދަރުސް މިރޭ ކުޅުދުއްފުށި ސިޓީގައި!

# ދަތުރުވެރިޔާ

ޝެއިހް އާސިމް އަށް ކުޅުދުއްފުށި ސިޓީން މަރުހަބާ ދެންނެވުން -- ގާފު ފޮޓޯ: އަހްމަދު ރީހާން

ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާސިލް އަލް ހަކީމްގެ ހާއްސަ ދަރުހެއް މިރޭ ކުޅުދުއްފުށި ސިޓީގައި އޮންނާނެ އެވެ.

THE TRAVELLER AD

ޝެއިހް އާސިމް މިއަދު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ފަރާތުން އިންތިޒާމްކުރާ މި ޓުއާގައި، ރާއްޖޭގެ ފަސް ސިޓީގައި ޝެއިހް އާސިމްގެ ދަރުސްދެއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ދަރުސް މިރޭ 8:30ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސްގައި ސުވާލު ހުށަހެޅުމަށް ހާއްސަ ފުރުސަތެއް އާއްމުކޮށް ހުޅުވާލެވިގެންދާނެ ކަމަށް ދަތުރުވެރިޔާ އުމްރާ ގްރޫޕުން ބުންޏެވެ.

ޝެއިހްގެ ދެވަނަ ދަރުސް އޮންނާނީ 29 ވަނަ ދުވަހުގެ ރޭ މާލެ ސިޓީގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫ ސިޓީގަ އެވެ. މެއި 1 ވަނަ ދުވަހު ދަރުސް އޮންނާނީ ފުވައްމުލައްސިޓީގައެވެ. އަދި މެއި 2 ވަނަ ދުވަހު ތިނަދޫސިޓީގައި ދަރުސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ޝެއިހްގެ ކޮންމެ ދަރުސެއްގައިވެސް ސުވާލު ހުށަހެޅުމަށް ހާއްސަ ފުރުސަތެއް ހުޅުވާލެވިގެންދާނެ ކަމަށް ދަތުރުވެރިޔާ ގްރޫޕުން ބުނެއެވެ.

ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.

ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC