logoEN
WAMCO TOP 1
ދަތުރުވެރިޔާގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ފަހު ގްރޫޕު ފުރައިފި

ދަތުރުވެރިޔާގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ފަހު ގްރޫޕު ފުރައިފި

# ދަތުރުވެރިޔާ# ޢުމްރާ

ދަތުރުވެރިޔާގެ ހަވާލުގައި ޖުލައި މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފުރި އުމްރާވެރިންތަކެއް --- ފޮޓޯ: ދަތުރުވެރިޔާ

ދަތުރުވެރިޔާގެ ހަވާލުގައި ޖުލައި މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފުރި އެންމެ ފަހު ގްރޫޕު މިއަދު ފުރައިފިއެވެ.

THE TRAVELLER AD

މިއަދު ހެނދުނު މި ގްރޫޕު ފުރާފައިވަނީ ޖުލައި މަހުގެ އުމްރާ ދަތުރުތަކަށް ކަނޑައެޅިފައިވާ ފްލައިޓްތަކުގެ ތެރެއިން އެންމެ ފަހު ފްލައިޓުގައެވެ.

މި މަހުގެ އުމްރާ ދަތުރުތަކަށް ޖުމްލަ ހަތަރު ފްލައިޓެއް ވަނީ ކަނޑައަޅާފައެވެ. އެއީ ޖުލައި މަހުގެ 12، 14، 16 އަދި 18 ވަނަ ދުވަހު ފުރި ފްލައިޓްތަކެވެ. މި ހުރިހާ ފްލައިޓްތަކަކީވެސް ފުލް ފްލައިޓްތަކެއްކަން ފާހަގަކޮށްލެވެއެވެ. ކޮންމެ ފްލައިޓެއްގައި 200 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާއިރު، މި ފަހަރު ޖުމްލަ 600 އަށް ވުރެ ގިނަ އުމްރާވެރިން ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިމަހުގެ 12 ވަނަ ދުވަހު ފުރި ފްލައިޓްގައި ގާފު އޮންލައިންނާއި ދަތުރުވެރިޔާ ގުޅިގެން ބޭއްވި ރޯދަމަހުގެ ކުއިޒްގައި ބައިވެރިވެ، ނަސީބުވެރި ފަރާތަކަށް ހޮވުނު، ބައިވެރިޔާ ވެސް ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ.

undefinedދަތުރުވެރިޔާގެ ހަވާލުގައި ޖުލައި މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފުރި އުމްރާވެރިންތަކެއް --- ފޮޓޯ: ދަތުރުވެރިޔާ

މި ދަތުރުގައި ބައިވެރިވާ އުމްރާވެރިންނަށް ޚާއްޞަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އެއްވެސް އިތުރު ފީއަކާ ނުލައި 5 އުމްރާ ކުރުމުގެ ފުރުސަތު ދަތުރުވެރިޔާ ގްރޫޕުގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. މިއީ އުމްރާވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކާއި ފުރުސަތެކެވެ.

އުމްރާގެ އަޅުކަމުގެ އިތުރުން، މައްކާ އަދި މަދީނާގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުންވެސް މި ދަތުރުގެ ތެރޭގައި ހިމެނެއެވެ. މީގެ ތެރޭގައި މައްކާ އާއި މަދީނާގެ ބާޒާރުތަކަށް ޒިޔާރަތްކުރުމާއި، ބަދުރު ހަނގުރާމައިގެ މައިދާނަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މަދީނާގައި ކުރިއަށްދާ ޒިޔާރަތްތަކުގެ ތެރޭގައި އުހުދު ފަރުބަދައަށް ޒިޔާރަތްކުރުމާއި، އިސްލާމީ ތާރީޚުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް ކަމަށްވާ ޤުބާ މިސްކިތަށް ޒިޔާރަތްކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް އުމްރާވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ފަދަ ގިނަ ޒިޔާރަތްތަކެއް މި ދަތުރުގައި ވަނީ ރޭވިފައެވެ.

ކޮމެންޓް
ފަހުގެ
HDC