logoEN
WAMCO TOP 1
ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: މެންސް އޯޕަން ޗެމްޕިއަންކަން އާމިން ދިފާއުކޮށްފި

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: މެންސް އޯޕަން ޗެމްޕިއަންކަން އާމިން ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

4/27/2026, 6:06:20 PM

# ދިވެހި ކުޅިވަރު # ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގައި އާމިން ވާދަކުރަނީ...ފޮޓޯ؛ މުހައްމަދު ވިޝާހް ޒަރީރު

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026" ގެ މެންސް އޯޕަން ޗެމްޕިއަންކަން ޒުވާން ރާޅާ އެޅުންތެރިޔާ، އާމިން އުމަރު މޫސާ ދިފާއުކޮށްފިއެވެ.

THE TRAVELLER AD

މިއަދު ކުރިއަށްދިޔަ މުބާރާތުގެ މެންސް އޯޕަންގެ ފައިނަލް ހީޓް އާމިން ކާމިޔާބުކުރީ، އަސްވާން މުޙައްމަދު އާއި ވާދަކޮށް 3.51 ޕޮއިންޓްގެ ތަފާތަކުން ކުރިހޯދާފައެވެ. އެގޮތުން ފައިނަލް ހީޓުގައި އާމިން ޖުމްލަ 13.34 ޕޮއިންޓް ހޯދިއިރު، އަސްވާންއަށް ހޯދިފައިވަނީ ޖުމްލަ 9.83 ޕޮއިންޓެވެ.

ފައިނަލް ހީޓުގައި އާމިން ހަތަރު ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ހަތަރުވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި 6.17 ޕޮއިންޓް ހޯދިއިރު، ހަތަރުވަނަ ރާޅުގައި ވަނީ 7.17 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި މިއަދުގެ ފައިނަލް ހީޓުގައި އަސްވާން ހަތް ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅުގެ އިތުރުން ފަސްވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި 4.50 ޕޮއިންޓް ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި ވަނީ 5.33 ޕޮއިންޓް ސްކޯކޮށްފައެވެ.

27 އެޕްރީލް 2026 އިން 1 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބާއްވާ މިމުބާރާތަކީ މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން ލީގް (އެމްއެންބީއެލް) 2026 ގެ ސީޒަން ފެށުމުގެގޮތުން ބާއްވާ ފުރަތަމަ އިވެންޓެވެ. އަދި ހަތަރު ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓްގައި ޖުމްލަ 35 ބައިވެރިން އަންނަނީ ވާދަކުރަމުންނެވެ. މިއަހަރުގެ މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގައި 21 އެތްލީޓުން ވާދަކުރާއިރު، ޖޫނިއާރ މެންސް ޑިވިޝަނުގައި އަށް އެތްލީޓުން، ޑްރޮޕްނީ ޑިވިޝަންގައި ނުވަ އެތްލީޓުން އަދި ޖޫނިއާރ އަންހެން ޑިވިޝަންގައި 10 އެތްލީޓުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރު ބޭއްވި ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ މެންސް އޯޕަން ޗެމްޕިއަންކަން ވެސް އާމިން ޢުމަރު މޫސާ ހޯދިއިރު، ޖޫނިއާ މެންސް ޑިވިޝަން ކާމިޔާބުކުރީ އިޔާން އަޙްމަދު އެވެ. އަދި ޑްރޮޕްނީ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަލީ ޚުޝްރުވާން އަހުމަދު އެވެ

އޭގެތެރެއިން، މެންސް އޯޕަން ކެޓަގަރީގައި 21 ބައިވެރިން، ޖޫނިއާ މެންސް ބައިގައި އަށެއް އަދި ޑްރޮޕްނީ އިވެންޓްގައި ނުވަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، ރާއްޖޭގެ ބޮޑީބޯޑިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ޖޫނިއާ ވުމަންސް" ޑިވިޜަން ތައާރަފްކޮށް، މި އަހަރުގެ މުބާރާތުގައި އެ ކެޓަގަރީން 10 އެތުލީޓުން ވާދަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC