logoEN
WAMCO TOP 1
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026 މިއަދު ފަށަނީ

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026 މިއަދު ފަށަނީ

ހަސަން ޝަމްއޫން

logo

4/26/2026, 7:35:24 PM

# ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026# ދިވެހި ކުޅިވަރު

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025...ފޮޓޯ؛ މުހައްމަދު ވިޝާހް ޒަރީރު

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ 8 ވަނަ "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2026" މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

THE TRAVELLER AD

27 އެޕްރީލް 2026 އިން 1 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބާއްވާ މިމުބާރާތަކީ މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން ލީގް (އެމްއެންބީއެލް) 2026 ގެ ސީޒަން ފެށުމުގެގޮތުން ބާއްވާ ފުރަތަމަ އިވެންޓެވެ. އަދި ހަތަރު ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓްގައި ޖުމްލަ 35 ބައިވެރިން ވާދަކުރާއިރު، މިއަހަރުގެ މުބާރާތުގައި ވަނީ މުޅިން އަލަށް ޖޫނިއާ އަންހެން ޑިވިޝަން ހިމަނާފައެވެ.

މިއަހަރުގެ މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގައި 21 އެތްލީޓުން ވާދަކުރާއިރު، ޖޫނިއާރ މެންސް ޑިވިޝަނުގައި އަށް އެތްލީޓުން، ޑްރޮޕްނީ ޑިވިޝަންގައި ނުވަ އެތްލީޓުން އަދި ޖޫނިއާރ އަންހެން ޑިވިޝަންގައި 10 އެތްލީޓުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރު ބޭއްވި ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ މެންސް އޯޕަން ޗެމްޕިއަންކަން އާމިން ޢުމަރު މޫސާ ހޯދިއިރު، ޖޫނިއާ މެންސް ޑިވިޝަން ކާމިޔާބުކުރީ އިޔާން އަޙްމަދު އެވެ. އަދި ޑްރޮޕްނީ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަލީ ޚުޝްރުވާން އަހުމަދު އެވެ.

ކޮމެންޓް
ފަހުގެ
HDC