logoEN
WAMCO TOP 1
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސިިނިއާރ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދާދް ހޯދައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސިިނިއާރ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދާދް ހޯދައިފި

ހަސަން ޝަމްއޫން

logo

4/26/2026, 8:24:32 PM

# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އާމިނަތު ވިދާދް.. ފޮޓޯ: ގާފު ސްޕޯޓްސް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ސީނިއަރ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު ވިދާދް ހޯދައިފިއެވެ.

THE TRAVELLER AD

ހުޅުމާލޭ ކެރަމް ހޯލުގައި މިރޭ ކުޅުނު ސީނިއަރ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުގައި އައިޝަތު ފައިނާޒް އާއި ވާދަކޮށް އާމިނަތު ވިދާދް ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުންނެވެ.

އެގޮތުން ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 18-24 ގެ ނަތީޖާއަކުން ވިދާދް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ވިދާދް ކާމިޔާބުކުރީ ފަސޭހަކަމާއެކު 14-23 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ މި މުބާރާތުގެ ސީނިއާރ އަންހެން ސިންގަލްސް އިވެންޓުގައި ޖުމްލަ 12 ކުޅުންތެރިން ވާދަކުރިއިރު، ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދިޔަ މި އިވެންޓްގެ ތިންވަނަ ހޯދީ އައިޝަތު ނަހުފާ އެވެ.

ކޮމެންޓް
ފަހުގެ
HDC