
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ފިރިހެން ސީނިއާރ ސިންގަލްސް ޗެމްޕިއަންކަން އަޒްމީން ހޯދައިފި
# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްއިސްމާއިލް އަޒްމީން... ފޮޓޯ: ގާފު ސްޕޯޓްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ފިރިހެން ސީނިއަރ ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން ހޯދައިފިއެވެ.

ހުޅުމާލޭ ކެރަމް ހޯލުގައި މިރޭ ކުޅުނު ފިރިހެން ސީނިއަރ ސިންގަލްސް އިވެންޓުގެ ފައިނަލުގައި އާދަމް އަދީލް އާއި ވާދަކޮށް އިސްމާއިލް އަޒްމީން ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ.
އެގޮތުން ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 19-25 ގެ ނަތީޖާއަކުން އަޒްމީން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އަޒްމީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 05-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ މިމުބާރާތުގެ ސީނިއާރ ފިރިހެން ސިންގަލްސް އިވެންޓުގައި ޖުމްލަ 37 ކުޅުންތެރިން ވާދަކުރިއިރު، ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދިޔަ މި އިވެންޓްގެ ތިންވަނަ ހޯދީ މުހައްމަދު މުންތަސިރު އެވެ.
ގުޅުންހުރި

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންޖީ ސްޓާޓިންގ ސެމީއަށް
ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ނަމަވެސް ކަޓުވާލުމަށްފަހު ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބު ސެމީއަށް

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ފްލަޔާސް އާއި އީއެން ފޯރިގަދަ ކުރިމަތިލުން އެއްވަރު




