
-
ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް ދަރުސްދެއްވުމަށް ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝެއިހް އާސިމް އަށް މަރުހަބާ ދެންނެވީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ފަރާތުން އިންތިޒާމްކުރާ މި ޓުއާގައި، ރާއްޖޭގެ ފަސް ސިޓީގައި ޝެއިހް އާސިމްގެ ދަރުސްދެއްވުމަށް ވަނީ ނިންމާފައެވެ.
ޝައިހް އާސިމްގެ ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށިންނެވެ. ދެވަނަ ދަރުސް އޮންނާނީ 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގަ އެވެ.
މެއި 1 ވަނަ ދުވަހު ދަރުސް އޮންނާނީ ފުވައްމުލައްސިޓީގައެވެ. އަދި މެއި 2 ވަނަ ދުވަހު ތިނަދޫސިޓީގައި ދަރުސް އޮންނާނެ އެވެ.
ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.
ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.
ގުޅުންހުރި

ޝެއިހް އާސިމް ރާއްޖެ ވަޑައިގެންފި

ޝެއިޚް އާސިމް އަލްހަކީމް ދަރުސްދެއްވުމަށް ރާއްޖެ ވަޑައިގަންނަވަނީ

ދަތުރުވެރިޔާ އުމްރާ ގްރޫޕުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބާއްވަނީ




