
އަދަދު ޑޮކިއުމެންޓަރީގައި ހުރީ ކަނޑައެޅިގެން ދޮގު، އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނަން - ރައީސް
# ރައީސް މުއިއްޒުރާއްޖޭގެ ނޫހެއް ކަމަށްވާ އަދަދު ނޫހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މިިދިޔަ މަހުގެ ފަހުކޮޅު ނެރުނު ޑޮކިއުމެންޓަރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ކަމަށާއި އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިކަން ހާމަކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެތުހުމަތުތަކާއި ގުޅިގެން އަދަދުގެ ނޫސްވެރިޔާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސްގެ އިސްތަށިފުޅުގައި އެޅުވި ބޮޑެތި ތުހުމަތުތަކަށް ފުރަތަމަ ފަހަރައް ޖަވާބުދާރީވެވަޑައިގަންނަވަމުން ރައީސް ވަނީ އެ ޑޮކިއުމެންޓަރީގައި ހިމެނޭ ވާހަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށާއި އެފަދަ ދޮގު ވާހަތަކަށް ދެއްކެވި ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކުން ކުރައްވާނެ ކަންވެސް ހާމަކުރައްވާފައި އެވެ.
އަދި އެވީޑިއޯއަކީ އަދަދު ނޫހުން އުފެެއްދި ވީޑިއޯއެއްކަން ނޫސްވެރިޔާގެ ސުވާލުގެ ތެރެއިންވެސް އިއުތިރާފްވެގެން ގޮސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ އިސްތަށިފުޅުގައި މީގެ ކުރީންވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އަދަދު ނޫހުން އެފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަތަކެއް ހިމެނޭ ޑޮކިއުމެންޓަރީއެއް އުފެއްދުމަކުން ހައިރާންވެވަޑައިނުގަންނަވާކަމުގައިވެސް ވިދާޅުވެފައި އެވެ. އެގޮތުން ރައީސް އިޝާރާތް ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އަދަދު ނޫހުން ނެރުނު "ދޮންއަމާ" ޑޮކިއުމެންޓަރީއަށެވެ.
އަދަދު ނޫހުގެ ޑޮކިއުމެންޓަރީން ގެނެސްދިން ކަންކަމާއި ގުޅިގެން އެމައްސަލަ މީޑިއާ ކޮމިޝަނުން މިހާރު އަންނަނީ ބަލަމުންނެވެ.
ގުޅުންހުރި

ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

އަދަދު ޑޮކިއުމެންޓަރީގައި ހުރީ ކަނޑައެޅިގެން ދޮގު، އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނަން - ރައީސް

ދިވެހި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކައިފި




