logoEN
WAMCO TOP 1
21 ދުވަސްތެރޭ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން - ރައީސް

21 ދުވަސްތެރޭ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން - ރައީސް

އަހުމަދު ޝުރާއު

logo

4/27/2026, 5:14:49 AM

# ރައީސް މުއިއްޒު

-

21 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ދަރާފައި ހުރި 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ހަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

THE TRAVELLER AD

ރައީސް މިކަން ހާމަކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ދައްކާ ހަލާސްކުރި ދަރަނިތަކުގެ ތަފްސީލްތައް ހާމަކުރައްވައި ރައީސް ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު ސުކޫކަށް ދައްކަން ޖެހޭ 524 މިލިއަން ޑޮލަރުގެ އިތުރުން މިމަހުގެ 23 ވަނަ ދުވަހު އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ބިލިއަނެއްހާ ޑޮލަރުގެ މި ލޯނުތައް ސަރުކާރުން ދައްކާފައިވަނީ ގައުމަށް ޑިފޯލްޓެއް ކުރިމަތިވިޔަ ނުދީ އެއްވެސް ހަރުމުދަލެއް ވިއްކާނުލާ އަދި ރަހުނުވެސް ނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ލޯނުތައް ދެއްކިގެން ދިޔުމާއިއެކު މީގެ ކުރީ ސަރުކާރުތަކުން ރަހުނުކުރި ރާއްޖޭގެ ހަރުމުދާވެސް ރަހުނުން ސަލާމާތްކުރެވިފައިވާކަން ރައީސް ހާމަކުރެއްވި އެވެ.

ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނިތަކުގެ އިތުރުން ސަރުކާރުން އެތެރޭގެ ދަރަނިތައްވެސް ދައްކާ ހަލާސްކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވަނީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ލޯކަލް ވެންޑަރތަކަށް ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާގެ ބިލްތަކަށްވެސް ފައިސާ ދައްކާފައިވާކަން ހާމަކުރައްވާފައި އެވެ.

ސަރުކާރުން އެ ދަރަނިތައް އަދާކުރީ އެއްވެސް ކަހަލަ ހަރުމުދަލެއް ވިއްކާ ނުލައި އަދި ރަހުނުކުރުމަކާ ނުލައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC