
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާއެކު، ހުވާކުރެއްވި 14 ވަޒީރަކަށް ރުހުންދޭން ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި އެވެ.

ވަޒީރުންގެ މަޖިލީހަށް މި މަހުގެ 14 އަދި 15 ގައި ބަދަލުގެނެސްފައިވާއިރު، ބަދަލަކަށް ގެނެސްފައިވަނީ ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކުން އިސްތިއުފާ ދެއްވި އެވެ. މިއާއެކު ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހަށް 5 އާ ވަޒީރަކު އައްޔަންކޮށް، ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަގާމުގެ ހުވާކުރުމަށް ވަޒީރުންނަށް ގާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންކަމުން، މި މައްސަލަ މަޖިލީހަށް ފޮނުއްވީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންގެ ނަންތައް
- ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު- މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު- ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން- ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު- ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ- އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު- މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް- އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު- ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު- ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް- މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ ދެ މައްސަލައެއް ގޮތުގަ އެވެ. ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ނިންމީ 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއް ގޮތުގައި ދިރާސާކުރުމަށެވެ.
އެގޮތުން ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ނިންމި ނިންމުމުން، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ނިންމި އެވެ.
ގުޅުންހުރި

ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު

ސިޔާސީ މަސްރަޙު ހަލަބޮލިކުރަން އުޅޭ ފަރާތްތަކަށް ފުރުޞަތު ނުދީ، މާޒީން ޢިބުރަތް ޙާޞިލުކުރަންޖެހޭ - ރައީސް

އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ފެށޭނެ - ރައީސް




