logoEN
WAMCO TOP 1
ދިވެހި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކައިފި

ދިވެހި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކައިފި

އަހުމަދު ޝުރާއު

logo

4/27/2026, 5:30:42 AM

# ރައީސް މުއިއްޒު

ދިވެހި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކައިފި އެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ސަރުކާރުގެ ދަރަނިތައް ދެއްކުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ 1 ނޮވެމްބަރު 2025 އިން ފެށިގެން 24 އޭޕްރިލް 2026 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ދިވެހި ވިޔަފާރިވެރިންނަށް 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމިއްލަ ވިޔަފާރިތަކުން ފޯރުކޮށްދިން ހިދުމަތްތަކަށް ހުށަހަޅާފައިވާ ބިލްތަކަށް ދޫކޮށްފައިވާ ފައިސާތައް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން އެވަރެޖްކޮށް ހަފްތާއަކު 700 ވެންޑަރުންނަށް ފައިސާ ދޫކުރެވޭކަމަށް ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ދެއްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ހަފްތާގައި އެކަނިވެސް ސަރުކާރުން ވެންޑަރުންނަށް ދައްކަންޖެހޭ 260 މިލިއަން ރުފިޔާގެ ބިލަށް ފައިސާ ދައްކަން ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޭރުގެ ދަރިނިތަކަށް އެކަނިވެސް ފާއިތުވި 21 ދުވަހުގެ ތެރޭގައި 924 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އަދި ދަރަނިތައް ދައްކާ ހަލާސްކުރަމުންވެސް ސަރުކާރުން މަސައްކަތްކުރަމުންދާނީ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިޔުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC