
-
ބުލީ ކުރުމަކީ ގާނޫނީ ކުށަކަށް ހެދުމަށް ހާއްސަ ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބުލީ ކުރުމަކީ ގާނޫނީ ކުށަކަށް ހެދުމަށް އެކަމާއި ގުޅޭ ހާއްސަ ގާނޫނެއް، "އެންޓި ބުލީ" ގާނޫނެއް ތައާރަފްކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިގާނޫނުގައި ވަރަށް ސާފުކޮށް ބުލީ ކުރުމުގެ އަމަލުތައް މިގާނޫނުގައި ބަޔާންކުރާނެ ކަމަށާއި، އަދި ގާނޫނު ހިނގާ ދާއިރާތައްވެސް ކަނޑައެޅިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި ދިމާވެފައިވާ ބުލީގެ މައްސަލަ ހައްލުކުރުމަށް މިގާނޫނުން އެހީ ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުންވެސް ބުލީ ކުރުމާގުޅޭ ކަންކަމަށް ފިޔަވަޅު އެޅޭގޮތަށް ކަންކަން ފަހިވެފައިވާ ކަމަށެވެ. އެއީ 2024ވަނަ އަހަރު މިސަރުކާރުން، ދިވެހިރާއްޖޭގެ ގާނުނުލް އުގޫބާތަށް ގެނެވުނު 6ވަނަ އިސްލާހުގެ ދަށުން، ސައިބަ ވަޔަލަންސް އަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގެ ދަށުންވެސް މިހާރުވެސް ބުލީ ކުރުމާ ގުޅޭ ބައެއް މައްސަލަތައް ފުލުހުން ބަލަމުން އަންނަ އިރު ބައެއް މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާކޮށްފައިވެއެވެ.
ގުޅުންހުރި

އަދަދު ޑޮކިއުމެންޓަރީގައި ހުރީ ކަނޑައެޅިގެން ދޮގު، އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނަން - ރައީސް

ދިވެހި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކައިފި

21 ދުވަސްތެރޭ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން - ރައީސް




