logoEN
WAMCO TOP 1
ލޯނު އެހީއަކަށް މަޑުނުކޮށް ސަރުކާރުގެ ބެޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ނިންމައިފި

ލޯނު އެހީއަކަށް މަޑުނުކޮށް ސަރުކާރުގެ ބެޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ނިންމައިފި

އަހުމަދު ޝުރާއު

logo

4/27/2026, 5:07:53 AM

# ރައީސް މުއިއްޒު

-

ލޯނު އެހީއަކަށް މަޑުނުކޮށް ސަރުކާރުގެ ބެޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

އެގޮތުން ނަފްސާނީ ބައްޔަކީ ރާއްޖޭގައި މިހާރު ބޮޑުވަމުން އަންނަ މައްސަލައެއްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މިކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ މައްސަލައެއް ކަމަށާއި ނަފްސާނީ ބަލި ތަހަންމަލު ކުރާ ފަރާތްތަކަށް އިދާރީ ގޮތުން ދިމާވާ ކަންކަމަށް މިހާރުވެސް ސަރުކާރުން ގިނަ ލުއިތަކެއް ހޯދައިދެވިފައިވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި މެންޓަލް ހެލްތު ފެސިލިޓީ ނުވަތަ ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދިޔައީ ބޭރުގެ ލޯނު އެހީއެއްގެ ދަށުން ކަމަށާއި އެކަމަށްޓަކައި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައިނުވާތީ އެހޮސްޕިޓަލުގެ މަސައްކަތް ސަރުކާރުގެ ބަޖެޓުން ކުރިޔަށް ގެންދިޔުމަށް މިހާރު ނިންމާފައިވާކަން ރައީސް މިއަދު ހާމަކުރެއްވި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC