
ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް: މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖުނާ އަދި ޝާނީޒުއަށް
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ދިވެހި ކުޅިވަރުފާތުމަތު ޖުނާ އަދި މުހައްމަދު ޝާނީޒް.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026 " ގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ (އެފްއެސްސީއޭ) މުހައްމަދު ޝާނީޒް ހޯދިއިރު، އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޒެފާރސް ސްޕޯޓްސް ކުލަބުގެ ފާތުމަތު ޖުނާ ހޯދައިފިއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މިރޭ ކުޅުނުއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޒެފާރސް ކުލަބުންނެވެ. އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ އިންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ފާތުމަތު ޖުނާ (ޒެފާރސް ސްޕޯޓްސް ކުލަބު)، ޒުހާ ހުސެއިން (ކުލަބު ހުޅު)، އައިނާ ލަތީފް (ކުލަބު ހުޅު)، އައިމިނަތު ޝަފާ (ޕްރޯ ސްޕޯޓްސް ކުލަބު އެކަޑެމީ) އެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ތީބާ އަބްދުﷲ (ވެސްޓްއެންޑް ސްޕޯޓްސް ކުލަބު) އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ މުހައްމަދު އައިކް ނީޝާމް ( އެސްޖީސީ)، މުހައްމަދު އަފްއާން އާތިފް (އެފްއެސްސީއޭ)، މުހައްމަދު ޝާނީޒް (އެފްއެސްސީއޭ) އަދި މުހައްމަދު އިސްހާގް އަހުމަދު ( އެސްޖީސީ) އެވެ. އަދި ފިރިހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިއަކީ އައިދާން އައިކް ރަމީޒް (އެސްޖީސީ) އެވެ.

މީގެ އިތުރުން މުބާރާތުގެ "އެޑިޓް ފެބްރިކޭޝަންސް ފޭންސް ޕްލޭޔާ އޮފް ދަ ޓޯނަމެންޓް"ގެ މަގާމު ހޯދީ މުހައްމަދު އައިކް ނަސީމް (އެސްޖީސީ) އަދި ފާތުމަތު ޖުނާ (ޒެފާރސް ސްޕޯޓްސް ކުލބު) އެވެ.
16 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މިމުބާރާތުގައި ޖުމްލަ 19 ޓީމަކުން ވާދަކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ފިރިހެން އަށް ޓީމާއި އަންހެން 11 ޓީމެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމު ސެމީއަށް ހޮވުނުއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދި ޓީމުގެ މެދުގައި ކުޅެވުނު ޕްލޭއޮފް ދެމެޗުން މޮޅުވި ދެޓީމަށް ވެސް ވަނީ މުބާރާތުގެ ސެމީފައިނަލުން ފުރުސަތު ލިބިފައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމުގެ އިތުރުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ. މި އަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ. މީގެ އިތުރުން މިމުބާރާތަކީ ވަން ގޭމްގެ ފަރާތުން އިންތިޒާމުކޮށް ބޭއްވި ފަސްވަނަ ބީޗު ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މީގެ ކުރިން ވަން ގޭމް އިން ވަނީ 2022 ވަނަ އަހަރު ވިލިމާލެ އަދި 2023 އަދި 2025 ވަނަ އަހަރު (ދެ މުބާރާތް) ހުޅުމާލޭގައި ވަރަށް ކާމިޔާބު ބީޗް ހޭންޑްބޯޅަ ހަތަރު މުބާރާތެއް ބާއްވާފައެވެ.
ގުޅުންހުރި

ޓީސީ ބަލިކޮށް ގައްދޫ އިން ދިވެހި ޕްރެމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

އަމްސާ ސައުތު އީސްޓް އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ކޮމްޕެޓިޝަން ޑިރެކްޓަރ އަކަށް ރާއްޖޭގެ ރައުޝާން

25 ޓީމާއެކު ބީއެމްއެލް ރާއްޖެ ޖޫނިއާރ ނެޓްބޯޅަ ޗެމްޕިއަންޝިޕް މިއަދު ފަށައިފި




