logoEN
WAMCO TOP 1
މާލެއާއި ހުޅުމާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 6 ލައްކަ ރުފިޔާ ހޯދައިފި

މާލެއާއި ހުޅުމާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 6 ލައްކަ ރުފިޔާ ހޯދައިފި

# ދިވެހި ފުލުހުންގެ ޙިދުމަތް# ވައްކަމުގެ މައްސަލަ# ފޭރުން

ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަން

މާލެ އާއި ހުޅުމާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ޖުމްލަ 619،048 ރުފިޔާ ފުލުހުންގެ ހިދުމަތުން ހޯދައިފި އެވެ.

THE TRAVELLER AD

ފުލުހުން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 15 އިން ފެށިގެން 21 ގެ ނިޔަލަށް ގަލޮޅު، ހެންވޭރު، މާފަންނު، ހުޅުމާލެ ފޭސް އަދި 2 އިން ޕޮލިސިންގް ޓީމުތަކުގެ އެހީގައި ޖުމްލަ 619,048 ރުފިޔާ ހޯދާފައިވާއިރު، އޭގެތެރެއިން މާލެ ގަލޮޅު، ހެންވޭރު އަދި މާފަންނުން 335،338 ރުފިޔާ ހޯދާފައިވާއިރު، ހުޅުމާލެ ފޭސް 1 އަދި 2 އިން ހޯދާފައިވަނީ 283،710 ރުފިޔާ އެވެ.

މީގެތެރެއިން މާލެ ގަލޮޅު ޕޮލިސް ސްޓޭޝަނުން 173،800 ރުފިޔާ ހޯދާފައިވާއިރު، ހެންވޭރު ޕޮލިސް ސްޓޭޝަނުން 95،894 ރުފިޔާ އަދި މާފަންނު ޕޮލިސް ސްޓޭޝަނުން 65،644 ރުފިޔާ ވަނީ ޕޮލިހުން ވަނީ ހޯދާފަ އެވެ. އަދި ހުޅުމާލެ ފޭސް 1 އިން 181،910 ރުފިޔާ ހޯދާފައިވާއިރު، ފޭސް 2 އިން ހޯދާފައިވަނީ 101،800 ރުފިޔާ ވަނީ ހޯދާފަ އެވެ.

View post on Twitter

ފުލުހުން ބުނީ މިއީ ފޭރުމާއި ވައްކަމުގެ ފައިސާގެ އަދަދާއި، ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ހޯދި މުދަލުގެ އަގުވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC