
ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
# އިނގިރޭސި އެފްއޭކްޕް# ސައުތުހެމްޓަން# މެންޗެސްޓާ ސިޓީ # ބޭރު ދުނިޔޭގެ ކުޅިވަރުމެންޗެސްޓާ ސިޓީ އާއި ސައުުުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން
އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިރޭ ސައުތުހެމްޓަން އާއި ވާދަކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ސެމީފައިނަލުން މެންޗެސްޓާ ސިޓީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި ސައުތުހެމްޓަން ސެމީފައިނަލު ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހު އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑިމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ސިޓީ އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސައުތުހެމްޓަން އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަޔަލޭންޑް މިޑްފިލްޑަރު ފިން އަޒާޒް އެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސިޓީގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ދެވަނަ ފާހުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިޓީގެ ސްޕެނިޝް މިޑްފިލްޑަރު މިކޯ ގޮންޒާލޭޒް އެވެ.
މުބާރާތުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އިން ނުކުންނާނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




