
ޝެއިހް އާސިމް—
ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް ދަރުސްދެއްވުމަށް ރާއްޖެ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޝެއިޚް އާސިމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 27ވަނަ ދުވަހު އެވެ. މިއީ ޝެއިޚް އާސިމް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ އޮފިޝަލަކު ވިދާޅުވީ، ޝެއިޚް އާސިމްގެ ހާއްސަ ދަރުސްތަކެއް ރާއްޖޭގެ ފަސް ސިޓީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ، މާލެ ސިޓީ، އައްޑޫ ސިޓީ ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީގައިވެސް ދަރުސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ އޮފިޝަލް ވިދާޅުވި އެވެ.
ޝައިހް އާސިމްގެ ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށިންނެވެ. ދެވަނަ ދަރުސް އޮންނާނީ 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގަ އެވެ.
މެއި 1 ވަނަ ދުވަހު ދަރުސް އޮންނާނީ ފުވައްމުލައްސިޓީގައެވެ. އަދި މެއި 2 ވަނަ ދުވަހު ތިނަދޫސިޓީގައި ދަރުސް އޮންނާނެ އެވެ.
ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.
ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.
ގުޅުންހުރި

ޝެއިޚް އާސިމް އަލްހަކީމް ދަރުސްދެއްވުމަށް ރާއްޖެ ވަޑައިގަންނަވަނީ

ދަތުރުވެރިޔާ އުމްރާ ގްރޫޕުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބާއްވަނީ




