logoEN
WAMCO TOP 1
 ރާއްޖެ އަސާސީ ތަކެއްޗަށް ނުޖެހޭނެކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކުން ދީފި - ސައީދު

ރާއްޖެ އަސާސީ ތަކެއްޗަށް ނުޖެހޭނެކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކުން ދީފި - ސައީދު

އަހުމަދު ޝުރާއު

logo

4/23/2026, 6:27:57 PM

# މުހައްމަދު ސައީދު

-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ ހުސްނުވާނެކަމުގެ އިތުބާރު ބައިނަލްއަގުވާމީ މުޖުތަމައުން ލިބެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހއ. ފިއްލަދޫން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވަނީ ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މެދުއިރުމަތީގައި އީރާނާއި އިސްރާއީލް އަދި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ ގިނަ ގައުމުތަކަކަށް ތެލާއި، ގޭހާއި އަދި ކާޑުގެ ބާވަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ތަކެތި ހުސްވާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އެއް ނަސީބަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށް ވުމެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސްގެ ކެތްތެރިކަމާއި، ރީތިކޮށް ވެރިކަން ކުރެއްވުމުގެ ސިޔާސަތަށް ދުނިޔޭގެ ގައުމުތަކުން އިތުބާރު ކުރާކަމަށް ސަޢީދު ވިދާޅުވިއެވެ.

"އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާالله، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ،" ދުނިޔޭގެ ގައުމުތަކުން ބުނަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުތަކަކީ އެއްވެސް ގައުމަކަށް ފުރިހަމައަށް ކޮންޓްރޯލް ކުރެވޭނެ ކަންކަން ނޫން ނަމަވެސް، ދިވެހި ސަރުކާރުގެ އަމާޒަކީ އެ ބަދަލުތަކުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ވީހާވެސް ކުޑަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުނު ކަމުގައިވިޔަސް، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ސަޢީދު ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC