
މިތިބީ ގަދަކޮށް، ޕީއެންސީއަށް ލިބުނީ އާދަޔާ ހިލާފު ވަރުގަދަ ކާމިޔާބީއެއް - މެމްބަރު ޝަރީފް
# ޕީޕީއެމް/ޕީއެންސީ-
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އތމ ކޮމެޓީގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބިގެންގޮސްފައިވަނީ އާދަޔާ ހިލާފު ވަރުގަދަ ކާމިޔާބެއްގެ ގޮތުގައި ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފް ސިފަކުރައްވައިފި އެވެ.

ޝަރީފް މިފަދައިން ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޝަރީފްގެ ދާއިރާގައި ހިމެނޭ ހއ ފިއްލަދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ހުންނަ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޝަރީފް ވިދާޅުވީ މާޒީއަށް ބަލާއިރު ލާމާރުކަޒީ ނިޒާމު އުފެދުނު ފަހުން މިހާތަނަށް އެއްވެސް އިންތިހާބެއްގައި ސަރުކާރަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިގެން ގޮސްފައިނުވާ ކަމަށާއި މާޒީ ބަދަލުކޮށް ޕީއެންސީއިން މިފަހަރު ހޯދާފައިވަނީ އާދަޔާހިލާފު ވަރުގަދަ ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން މިހާބޮޑު ކާމިޔާބީއެއް ޕީއެންސީއަށް ލިބިގެން ގޮސްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މިސްރާބު ސާފުވުމުގެ ސަބަބުން ކަމުގައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންގެ ލަފާއާއި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވެރިލަން ކުރުން ކަމަށެވެ. އެގޮތުން ވެރިކަމުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވި ރައީސްއަކީ ރައީސް މުއިއްޒު ކަމަށެވެ. އެއާ ހިލާފަށް އެމްޑީޕީން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ނަނާ ހުވަފެން ދެއްކުމަށްފަހުގައި ކަމަށާއި ނަމަވެސް ވެރިކަން ލިބުމުން ވެރީން ވަގުތުތައް ހޭދަކުރީ ފިނި ކޮޓަރިއާއި ރިސޯޓުތަކުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް ރައީސް މުއިއްޒުއަށް ދޭން ޖެހޭ ހުރިހާ އެއްބާެރުލުމެއް ރައްޔިތުން ދޭނެ ކަމާއި މެދު ޝައްކު ނުކުރައްވާކަން ފާހަގަކޮށް ޝަރީފް ވަނީ ޕީއެންސީއާއި ކެލާ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އާއިއެކު ގަދަކޮށްކަން ހާމަކުރައްވާފައި އެވެ.
ނިމިދިޔަ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީއިންނެވެ.
ގުޅުންހުރި

މިތިބީ ގަދަކޮށް، ޕީއެންސީއަށް ލިބުނީ އާދަޔާ ހިލާފު ވަރުގަދަ ކާމިޔާބީއެއް - މެމްބަރު ޝަރީފް

ކައުންސިލް އިންތިހާބު: ތިނަދޫ ސިޓީގެ ކެމްޕެއިން އޮފީހެއް ޕީއެންސީން މާލޭގައި ހުޅުވައިފި

ޕީއެންސީގެ ޕްރައިމަރީ ޑިސެމްބަރު 27 ގައި: މާދަމާއިން ފެށިގެން ކުރިމަތިލެވޭނެ!




