
ކައުންސިލް އިންތިހާބު: ތިނަދޫ ސިޓީގެ ކެމްޕެއިން އޮފީހެއް ޕީއެންސީން މާލޭގައި ހުޅުވައިފި
# ޕީޕީއެމް/ޕީއެންސީ# ތިނަދޫ ސިޓީ-
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ ކެމްޕެއިން އޮފީހެއް މާލޭގައި ރަސްމީކޮށް ހުޅުވައިިފި އެވެ.

ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. ޖަގަހަ ހުޅުވުމަށް އޮތް ޖަލްސާގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.
އެގޮތުން މޭޔަރަކަށް ވާދަކުރައްވާ މުހައްމަދު އަޖީބު އާއި ތިނަދޫގެ ދެ ދާއިރާގެ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.
ހަމައެއާއިއެކު ސަރުކާރުގެ ވަޒީރުންވެސް ވަނީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.
ގުޅުންހުރި

ތިނަދޫ އިން ސަބްސިޑައިޒް އަގުގައި މިހާރު ތެޔޮ ލިބޭނެ!

މިތިބީ ގަދަކޮށް، ޕީއެންސީއަށް ލިބުނީ އާދަޔާ ހިލާފު ވަރުގަދަ ކާމިޔާބީއެއް - މެމްބަރު ޝަރީފް

ތިނަދޫ އާއި ކާޑެއްދޫ ބްރިޖް: ކްރޮސް ސަބްސިޑީ އުސޫލުން ޕްރޮޕޯސަލްތަކެއް ލިބި، އެވެލުއޭޝަން މަރުހަލާ ކުރިއަށް!




