
ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ޝުޖާއު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަކިކޮށްފި
# ޕީޕީއެމް/ޕީއެންސީ--
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަކިކޮށްފި އެވެ.

ކުއްލި ގޮތަކަށް ޝުޖާއު އެކޮމެޓީން ވަކިކޮށްފައިމިވަނީ މީސް މީޑިއާގައި އިއްޔެ ފެންމަތިވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއްގައި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާއި ބެހޭ މައުލޫމާތު އާންމުވުމާއި ގުޅިގެންނެވެ. މި ރިޕޯޓު ތައްޔާރުކުރިތާ އަހަރެއްހާ ދުވަސް ވެފައިވާއިރު ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީވެސް އިއްޔެ އެވެ.
މި މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުން ޝުޖާއުއަށް އަމާޒުވެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދަނިކޮށް މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށް، އޭނަގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ކޮމިޓީ އަށް އައްޔަންކުރިކަން މަޖލީހުގެ މިއަދުގެ، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
އަދި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ގެ ބަދަލުގައި ޝުޖާ ވަނީ އެ ކޮމިޓީއަށް ހަމަޖައްސައިފައެވެ.
ނަމަވެސް ކުއްްލި ގޮތަކަށް ވެރިކަން ކުރާ ޕާޓީގެ ޕީޖީއިން މިފަދަ ބަދަލުތައް ގެނައި ސީދާ ސަބަބެއް ހާމައެއްނުކުރައްވަ އެވެ.
ގުޅުންހުރި

ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ޝުޖާއު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަކިކޮށްފި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!
