
2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ޕީއެންސީން ބޭއްވި ޕްރައިމެރީ:- ފޮޓޯ | ގާފު
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް އިންތިހާބުކުރުމަށް ބާއްވާ ޕްރައިމެރީ ޑިސެމްބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމައިފި އެވެ.

މިކަން އެޕާޓީން އިއުލާނުކުރީ އިންތިހާބަށް ޕާޓީއިން ވަމުންދާ ތައްޔާރީތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
އެގޮތުން އަންނަ އަހަރު އޭޕްރިލް މަހު ބާއްވާ އިންތިހާބަށް އެޕާޓީގެ ފަރާތުން ކެމްޕެއިން މެނޭޖަރަކަށް އިއްޔެ ހަމަޖެއްސި ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވީ ޕީއެންސީގެ ކައުންސިލް އިންތިހާބުގެ ޕްރައިމެރީއަށް މާދަމާއިން ފެށިގެން ކުރިމަތިލެވޭނެ އިންތިހާބު ހަމަޖެހިގެންދާނެ ކަމަށާއި ޕްރައިމެރީގައި ވާދަކުރުމަށް ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮަށް ކަމަށެވެ. އެގޮތުން ޕާޓީގެ ޕްރައިމެރީގައި ވާދަކުރުމަށް ބޭނުންވާ ޕާޓީގައި މިހާރު ނެތް މެމްބަރުންނަށްވެސް ޕާޓީއާއި ގުޅިވަޑައިގެން ޕްރައިމެރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕްރައިމެރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން މިފަށާ ޑިސެމްބަރު މަހުގެ 15 ގެ 18:00 ގެ ކުރީން އޮންލައިންކޮށް ހުށަހެޅުއްވުމަށް ވަނީ އެދިފައި އެވެ. އެގޮތުން ޕާޓީއާއި އަލަށް ގުޅިވަޑައިގަންނަވާ ފަރާތްތަކުންވެސް ސުންގަޑީގެ ކުރީން ޕާޓީއާއި ގުޅި ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅޭނެކަން ފަލާހް ފާހަގަކުރެއްވި އެވެ.
ކޮންގްރެސް ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 27 ވާ ހޮނިހިރު ދުވަހު އެވެ.
ފަލާހް ވިދާޅުވީ މި ޕްރައިމެރީ ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު ޕްރައިމެރީއަށް ކަމަށެވެ.
ގުޅުންހުރި

ޕީއެންސީގެ ޕްރައިމަރީ ޑިސެމްބަރު 27 ގައި: މާދަމާއިން ފެށިގެން ކުރިމަތިލެވޭނެ!

ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ޝުޖާއު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަކިކޮށްފި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި





