
ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި
# އެމްއޭސީއެލް-
މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

އެގޮތުން އެޑެލްވައިސް އެއާއިން މިހާރުވެސް ދިވެހިރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް, މި އަހަރުގެ ޖުލައި 4 އިން 13 ސެޕްޓެންބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެއެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މި ނިންމުމާއެކު ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް އިތުރު 21 ދަތުރުކުރާނެއެވެ.
އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގައެވެ. އެގޮތުން މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.
ގުޅުންހުރި

ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 76% މަސައްކަތް ނިމިއްޖެ

ޤަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި




