logoEN
WAMCO TOP 1
ޙައްޖަށް މީހުން ގެންދިއުމުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ: ވަޒީރު

ޙައްޖަށް މީހުން ގެންދިއުމުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ: ވަޒީރު

# ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު# ޑރ. މުހައްމަދު މުއިއްޒު# އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު

ފޮޓޯ: މަޖިލީސް

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގަންނަވާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ރާއްޖެއިންވެސް ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަމުންދާކަމަށާއި، އެގޮތުން މިނާއާއި ޢަރަފާތުގައި މީގެ ކުރިން ޙައްޖުވެރިންނަށް ނުލިބޭ ފުރިހަމަ ޚިދުމަތެއް މިހާރު ލިިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ރޭލުގައި ކުރުމާއި، މައްކާ ރޫޓުގެ ފަސޭހަ ޚިދުމަތް ހޯދައިދިނުމަކީ މިގޮތުގެ މަތިން ކުރެވުނު މުހިއްމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިކަންކަން ކުރިއަށް ގެންދަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންކަމަށާއި، މިކަންކަން ތަންފީޒުކުރުމުގައި ވުޒާރާގެ ފަރާތުން ދޭންޖެހޭ އެންމެހާ އެހީތެރިކަމެއް އެންމެ މަތީ ދަރަޖައަށް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެެ.

މީގެ އިތުރުން ވަޒީރު ވަނީ ޙައްޖު ކިއު ދިގުވުމުގެ މައްސަލައަށްވެސް ވަނީ އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މި މައްސަލައަކީ ކޮވިޑްގެ ސަބަބުން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

އަދި ޙައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަން ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުންގެ މަޝްވަރާގެ މަތިން މުހިއްމު ނިންމުންތަކެއް ވަނީ ނިންމަވާފައިވާ ކަމަށާއި އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ އިސްކަން ދިނުން ހިމަނާ މިކަމަށް ޢަމަލު ކުރަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން އަބަދުވެސް ދިވެހިރާއްޖޭގެ ހައްޖުވެރިންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަންވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC