logoEN
Sto top
ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް

# ށ. ފުނަދޫ# ޑރ. މުހައްމަދު މުއިއްޒު# އެމްއެންޑީއެފް

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ އުތުރުން ށ. ފުނަދޫގައި އެއާ ސްޓޭޝަނެއް ތަރައްޤީކޮށް މިއަހަރު އެސްޓޭޝަނުން ހިދުމަތްދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ޤައުމީ ދިފާޢީ ބާރުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވަމުންނެވެ.

ސަރުކާރުން އެމްއެންޑީއެފް އެއާ ކޯ 2024 ވަނަ އަހަރު އުފައްދައި ފުރަތަމަ އެއާ ސްޓޭޝަން މިދިޔަ އަހަރު ސ. ގަމުގައި ހިދުމަތްދޭން ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އަހަރުތެރޭގައި ށ. އަތޮޅުގައި ތަރައްގީ ކުރާ އެއާ ސްޓޭޝަން ހިދުމަތައް ނެރެފައިވާކަން ފާޙަގަކުރައްވާފަ އެވެ."މިދިޔަ އަހަރު އެމްއެންޑީއެފް އެއާސްޓޭޝަން ސ. ގަމުގައި ހިދުމަތް ވަނީ ފަށާފައި. އަދި އުތުރުގައި އެއާސްޓޭޝަނެއް ޤާއިމް ކުރުމަށް ނިންމައި ށ. ފުނަދޫގައި ތަރައްގީކުރެވޭ އެއާސްޓޭޝަން ނިންމައި އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު ތެރޭގައި މުުހިިންމު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރާ މަނަވަރު މިއަހަރު ޚިދުމަށް ނެރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެމްއެންޑީއެފްއަށް އެންމެ ޒަމާނީ އުޅަނދު ހޯދާފައިވާކަވެސް ހާމަކުރައްވައި މިއަހަރު ތެރޭގައި ދިފާއީ ބާރުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC