logoEN
PNC TOP 3
މިއަހަރުގެ ފިތުރު އީދުގައިވެސް  ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ!

މިއަހަރުގެ ފިތުރު އީދުގައިވެސް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ!

# ޑރ. މުހައްމަދު މުއިއްޒު# ފިތުރު އީދު

އީދު ސަލާން ކުރުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާމް ކުރައްވާ ގޮތައް ހަމަޖައްސައިފި އެވެ.

PNC MID 2

ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހު ހެނދުނު 9:00 އިން 11:00 އަށް ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގަ އެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވަ އެވެ. އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު ދެއްވާފައި އެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.

ކަލަންޑަރުގައި ވާގޮތުން އީދު ދުވަހަކީ މިއަންނަ ހުކުރު ދުވަހެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC