logoEN
WAMCO TOP 1
އެޗްޑީސީން 71 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

އެޗްޑީސީން 71 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

# އެޗްޑީސީ

-

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވެމުން އަންނަ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.

THE TRAVELLER AD

އެޗްޑީސީން ބުނި ގޮތުގައި މީގެ ތެރޭގައި މުޅިން އަލަށް އައުޓްޑޯ ޖިމް ތަރައްގީކުރާ 58 ރަށާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ 13 ރަށް ހިމެނެ އެވެ.

އެޗްޑީސީން ބުނީ 13 ރަށެއްގައި އިކުއިޕްމަންޓް ހަރުކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އިކުއިޕްމަންޓް ހަރުކުރުމަށް ތައްޔާރުވެފައިވާ ރަށްތައް
  1. ހއ. ހޯރަފުށި
  2. ށ. މާއުނގޫދޫ
  3. ށ. ބިލެތްފަހި
  4. ށ. ގޮއިދޫ
  5. ރ. ދުވާފަރު
  6. ބ. މާޅޮސް
  7. ބ. ހިތާދޫ
  8. އދ. ދިގުރަށް
  9. އދ. މާމިގިލި
  10. ފ. މަގޫދޫ
  11. ދ. ކުޑަހުވަދޫ
  12. ތ. ވަންދޫ
  13. ގއ. ވިލިނގިލި

އެޗްޑީސީން ބުނީ އިތުރު 08 ރަށެއްގައި މަސައްކަތް މި ވަގުތު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.

  1. އދ. ހަންޏާމީދޫ
  2. ބ. ދަރަވަންދޫ
  3. ހދ. ހަނިމާދޫ
  4. ހދ. ނައިވާދޫ
  5. އދ. ކުނބުރުދޫ
  6. އއ. ފެރިދޫ
  7. ހދ. ނެއްލައިދޫ
  8. ރ. ރަސްމާދޫ

ބާކީ ރަށްރަށުގެ ކުރެހުން ފާސްކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށް އެބަދެއެވެ.

ކޮމެންޓް
ފަހުގެ
HDC