
ވަކިބަޔަކަށް މަންފާވާގޮތަށް ޕާކިން ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި
# އެޗްޑީސީ-
ވަކި ބަޔަކަށް މަންފާވާގޮތަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޕާކިންގ ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެކޯޕަރޭޝަނުން ދޮގުކޮށްފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ،
އެޗްޑީސީގެ ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން އަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ ކަމަށެވެ.
ޕޮކެޓް ޕާކިންގ އަށް އެޕްލައި ކުރި ފަރާތްތައް އިވެލުއޭޓްކޮށް އޭގެތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އާއްމުކޮށް ފެންނާނެހެން އިއުލާންކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
މިގޮތަށް އާއްމުކޮށް އިއުލާންކޮށް، ހާމަކަން ބޮޑުގޮތެއްގައި ޕާކިންގ ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، މިކަމާއި ގުޅޭ ގޮތުން އާއްމުންނަށް އޮޅުން އަރާގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މި ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާކަމެއް - އެޗްޑީސީ
އެޗްޑީސީން ބުނީ ވަކިބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ޕާކިންގ ސްލޮޓްތައް ވިއްކަމުންދާކަމަށް ބުނެ އެ ކޯޕަރޭޝަނުގެ އިތުބާރުގެއްލޭގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާނެ ކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ގުޅުންހުރި
އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
.jpeg&w=3840&q=75)
މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ!
.jpg&w=3840&q=75)
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި




