logoEN
WAMCO TOP 1
އެޗްޑީސީން "ވެލްނެސް ސެންޓަރެއް" ގާއިމްކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އެޗްޑީސީން "ވެލްނެސް ސެންޓަރެއް" ގާއިމްކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

# އެޗްޑީސީ# ވެލްނެސް ސެންޓަރެއް# ރީތިގަސް ކޮމާޝަލް

-

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރީތިގަސް ކޮމާޝަލް އިން "ވެލްނެސް ސެންޓަރެއް" ގާއިމްކުރުމަށް ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

THE TRAVELLER AD

އެޗްޑީސީން ކުރި އިއުލާނުގައިވަނީ މި ސެންޓަރު ގާއިމްކުރުމަށް ދޫކުރާ ޔުނިޓަކީ RGR03-1-05 — މެޝަރިންގް 1,931.07 ސްކްއުއެރް ފީޓްގެ ސަރަހައްދެއް ކަމަށެވެ.

އެޗްޑީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ 7 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދޭ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

View post on Twitter

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް (އާރް.އެފް.ޕީ) ޑޮކިއުމަންޓްތަކުގެ ފުރިހަމަ ސެޓެއް އެޗްޑީސީގެ ވެބްސައިޓް އެންޑް properties.hdc.mv އިން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު މަދުވާ އެއްވެސް މައުލޫމާތެއްގެ ޒިންމާ އެ އިދާރާއިން ނުނަގާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން އެޗްޑީސީން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ ސޭލްސް 3 ވަނަ ފަންގިފިލާއިން ނުވަތަ އީމެއިލް: ނުވަތަ އެ އިދާރާގެ ފޯން: (960) 335 3535 އަށް ގުޅާލައިގެން ލިބޭނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC