logoEN
WAMCO TOP 1
"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި

"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި

# އެޗްޑީސީ

-

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލެގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

THE TRAVELLER AD

އެޗްޑީސީން ބުނީ، މަދިރި ކޮންޓްރޯލް ކުރުމަށް، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސަައްކަތް އެޗްޑީސީއިން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުރަމުންދާނެ ކަމަށެވެ.

ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ކުރިއަށްދާނީ، 15 އޭޕްރީލް އިން 20 އެޕްރީލް އަށް ކޮންމެ ދުވަހު ފަތިހު 4:00 އިން 6:00 އަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކަނި ޑެންގީ ޖެހިގެން 535 މީހުން ރިޕޯޓުކޮށްފައި ވެއެވެ. އަދި ފެބްރުއަރީ މަހާ އަޅާބަލާ އިރު، މާރިޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ ވިދާޅުވެއެވެ.

ކޮމެންޓް
ފަހުގެ
HDC