
-
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 21،836.50 ރުފިޔާ ކަމަށެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެގޮތުން މިހާރު ރަނުގެ ގްރާމެއް ހުރީ 2،337.39 ރުފިޔާއަށް ކަމަށްވާއިރު ރިހީގެ ގްރާމެއް ހުރީ 26.70 ރުފިޔާއަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެވެ އެވެ. އެންމެފަހުން އޭޕްރީލް މަހު ކުރި ޢިއުލާނުގައި ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11،191.95ރ. އެވެ.
މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
ގުޅުންހުރި

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މިދިޔަ މަހު މުަދަލު ޒަކާތުގެ ގޮތުގައި 11 މިލިއަން ރުފިޔާ: މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދެގުނަ އަދަދެެއް!
.jpeg&w=3840&q=75)
މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން ޒަކާތު ހައުސްއާއާ މީރާއާއި ދެމެދު އެއްބަސްވުމެއް!




