logoEN
WAMCO TOP 1
ޒަކާތު ފަންޑުން އިންވެސްޓްކުރަނީ ޝަރުޢީ އަސާސްގައި އޮންނަ ގޮތަށް: ޒަކާތުް ހައުސް

ޒަކާތު ފަންޑުން އިންވެސްޓްކުރަނީ ޝަރުޢީ އަސާސްގައި އޮންނަ ގޮތަށް: ޒަކާތުް ހައުސް

# ފިޠުރު ޒަކާތް# ޒަކާތް# މޯލްޑިވްސް ޒަކާތު ހައުސް# މުދަލު ޒަކާތް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން

ފަންޑުން އިންވެސްޓްކުރަނީ ޝަރުޢީ އަސާސްގައި އޮންނަ ގޮތަށް ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފިއެވެ.

THE TRAVELLER AD

އެ އިދާރާ އިން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވީ ޒަކާތު ފަންޑުން އިންވެސްޓްކުރާއިރު ޝަރުޢީ އަސާސްގައި އޮންނަ ގޮތަށް ޝަރުތުތަކާއެކު މަސައްކަތް ކުރާ ކަމަށެވެ. އަދި މި ފަންޑަކީ ފަޤީރުންނާއި މިސްކީނުންގެ މުދާ އޭގައި ހިމެނޭ އެއްޗަކަށްވާއިރު، ފަންޑުން އިންވެސްޓް ކުރާނީ އެމީހުންގެ ޙައްޤަށް އެއްވެސް އުނިކަމެއް ނާންނާނެހެންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޤާނޫނުގެ ތެރެއިން މިހާރު ހުރިހާ ޤަވާއިދުތަކެއް ޑްރާފްޓްކޮށްފައި އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި ބައެއް ޤަވާއިދުތައް މިހާރުވެސް ގެޒެޓްކޮށްފައިވާ ކަމަށެވެ.

ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރީންނަށާއި، ބޭނުންތަކަށް ދޫކުރާ މިންވަރު އިތުރުކުރުމަށް ޒަކާތު ފަންޑުގައިވާ ފައިސާ އިންވެސްޓް ކުރެވޭނެ ކަމަށް ކަނޑައަޅާ ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދެއް މިއަހަރުގެ މާރިޗު މަހު ވަނީ އެކުލަވާލާފައެވެ. އެ ޤަވާއިދުގައިވާ ގޮތުން އެ ފަންޑަށް ޖަމާކުރަނީ، މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ފަންޑުން ޤާއިމްކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާއެވެ. އަދި މި ފަންޑު ހިންގުމުގެ ޒިންމާ މަތިކޮށްފައިވަނީ، ޒަކާތުގެ ޤާނޫނުގެ ދަށުން ޒަކާތު ހައުސްއަށެވެ.

ޤަވާއިދުގައިވާ ގޮތުން ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރީންނަށާއި ބޭނުންތަކަށް ދޫކުރާ މިންވަރު އިތުރު ކުރުމުގެ މަޤުސަދުގައި، ޒަކާތު ފަންޑުގައިވާ ފައިސާ އިންވެސްޓް ކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރުމަށް އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ. އަދި ޒަކާތުގެ ފައިސާ އިންވެސްޓްކުރާނީ، މޯލްޑިވްސް ޒަކާތު ހައުސްއިން ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ފަރާތްތަކާ ގުޅިގެން އިންވެސްޓް ކުރާނަމަ އިންވެސްޓް ކުރަންވާނީ، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ހިންގާ، ހަމައެކަނި ސަރުކާރުގެ ފަންޑުތަކާއި ދައުލަތުގެ މުއައްސަސާތަކާ އެކުގައިކަމަށް ވެސް ޤަވާއިދުގައިވެއެވެ. އަދި ފަންޑުގެ ދަށުން ހަދައިފައިވާ އިންވެސްޓްމަންޓުތަކުގެ ހާލަތު ދެނެގަނެ، އެ އިންވެސްޓްމަންޓުތަކުގެ ކަންކަން ޒަކާތު ހައުސްއިން ޤަވާއިދުން މޮނިޓަރ ކުރަން ވެސް ޖެހެއެވެ.

މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ އަހަރަކު ޒަކާތު ފަންޑު އޮޑިޓްކޮށް، އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން މީލާދީ ކޮންމެ އަހަރެއް ނިމުމުން އެ އަހަރަކު ޒަކާތު ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވެސް ޖެހެއެވެ.

ޒަކާތު ފަންޑުން އިންވެސްޓް ކޮށްގެން މިހާރުވެސް އަންނަނީ، މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުޅުމާލެއާއި މާލޭގައި ވަޤުފު އިމާރާތް ތަރައްޤީކުރަނީ، އެ ފަންޑުން އިންވެސްޓް ކޮށްގެންނެވެ. ހުޅުމާލޭގައި 20،000 އަކަފޫޓުގެ ބިމެއްގައި ދާރުލްސަލާމް ވަޤުފު އިމާރާތް ތަރައްޤީ ކުރާއިރު، މާލޭގައި 2000 އަކަފޫޓުގެ ބިމެއްގައި ދާލުލް އަރުޤަމް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC