
ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 76% މަސައްކަތް ނިމިއްޖެ
# އެމްއޭސީއެލް# އެއާޕޯޓު# ތ. ގުރައިދޫ# އެމްޓީސީސީ# ބިންހިއްކުންތ.ގުރައިދޫ އެއާޕޯޓްއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ:އެމްޓީސީސީ
ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ބިން ހިމާޔަތް ކުރުމުގެ 76% މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއުގެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގައި ފަށާފައިވާއިރު އެ މަސައްކަތައް އެރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
މި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތުގެ 76% މަސައްކަތާއި ބިން ހިއްކުމަށް ވެލި އަޅާއި ނިމިފައިވާ ކަމަށެވެ.އަދި މިހާރު ކުރަމުންދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން 17،000 ޓަނުގެ ބޮޑުހިލައިގެ އިތުރު ޝިޕްމަންޓެއް އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެއިތުރުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްއާ) ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުން ނިންމާ، 2027 ވަނަ އަހަރުގެ މިނިވަންދުވަހު ހިދުމަތަށް ގެންނާނެ ކަމަށެވެ.
ގުޅުންހުރި

ކޮންމެ ފަސިންޖަރަކަށް ހަމަހަމަ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ދިނުމަކީ އެމްއޭސީއެލްގެ އަމާޒު - ސީއީއޯ އިބްރާހިމް ޝަރީފް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއާއެކު ގުރައިދޫ ކަނޑޫފާ ސަރަހައްދު ސާފުކޮށްފި

ހައްޖުވެރިން އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ




