
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސީނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މުޝްރިފް އާއި ހުޖާންގެ ޕެއާ އިން ހޯދައިފި
# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްސީނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަން އަހުމަދު މުޝްރިފް އާއި އިބްރާހިމް ހުޖާންގެ ޕެއާ.. ފޮޓޯ: ގާފު ސްޕޯޓްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ސީނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަހުމަދު މުޝްރިފް އާއި އިބްރާހިމް ހުޖާންގެ ޕެއާ އިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން މުޝްރިފް އާއި ހުޖާންގެ ޕެއާ ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އިސްމާއިލް އަޒްމީން އާއި ޒީހާންގެ ޕެއާ ބަލިކުރުމަށްފަހު އެވެ. އަދި ޚާތިމް އާއި ރިބާހުގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ޔަމާން އަބްދުލް ޖަލީލް އާއި ސަދޫހް ސަމީއުގެ ޕެއާ ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި މިއަދު ހަވީރު ކުޅުނު ސީނިއަރ ފިރިހެން ޑަބަލްސް ފައިނަލުގައި ޚާތިމް ޚަލީލް އާއި ސަދޫހު ސަމީއުގެ ޕެއާ އާއި ވާދަކޮށް އަހުމަދު މުޝްރިފް އާއި އިބްރާހިމް ހުޖާންގެ ޕެއާ ޗެމްޕިއަންކަން ހޯދީ ސީދާ ދެ ސެޓުންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ސެޓް ހަތް ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 13-25 ގެ ތަފާތުބޮޑު ނަތީޖާއަކުން މުޝްރިފް އާއި ހުޖާންގެ ޕެއާ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް މުޝްރިފް އާއި ހުޖާންގެ ޕެއާ އިން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 15-20 ގެ ނަތީޖާއަކުންނެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ސީނިއާ ފިރިހެން ކެޓަގެރީގައި މިއަހަރު 14 ޕެއާ ވާދަކޮށްފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.
ގުޅުންހުރި

ފަސޭހަކަމާއެކު ކުލަބު ހުޅު އަދި އޮސްޕްރޭ މޮޅުވިއިރު، ލަޔަންސް ތިންވަނަ މެޗުން ވެސް ބަލިވެއްޖެ

އެފްއެސްސީއޭ އާއި ބޮންތި ސެމީފައިނަލް ޔަގީންކުރިއިރު، އޭއޭއެސްސީ މުބާރާތުން ކަޓައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސީނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މުޝްރިފް އާއި ހުޖާންގެ ޕެއާ އިން ހޯދައިފި




