
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސީނިއަރ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވިދާދު އާއި ޖުނާނާގެ ޕެއާ އިން ހޯދައިފި
# ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްސީނިއަރ އަންހެން ޑަބަލްސް ޗެމްޕިއަން އާމިނަތު ވިދާދު އާއި އާމިނަތު ޖުނާނާ ސައުދުﷲގެ ޕެއާ.. ފޮޓޯ: ގާފު ސްޕޯޓްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތުގެ ސީނިއަރ އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު ވިދާދު އާއި އާމިނަތު ޖުނާނާ ސައުދުﷲގެ ޕެއާ އިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ވިދާދް އާއި ޖުނާނާގެ ޕެއާ ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އާމިނަތު ސިޔާމާ އާއި އާމިނަތު އިބާނަތުގެ ޕެއާ ބަލިކުރުމަށްފަހު އެވެ. އަދި ސާނީ އާއި ނަހްފާގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އާމިނަތު ޝުބާ އާދަމް އާއި އަފީފުންނިސާގެ ޕެއާ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި މިއަދު ހަވީރު ކުޅުނު ސީނިއަރ އަންހެން ޑަބަލްސް ފައިނަލުގައި އައިޝަތު ނަހްފާ އާއި ފާތިމަތު ސާނީގެ ޕެއާ އާއި ވާދަކޮށް އާމިނަތު ވިދާދު އާއި އާމިނަތު ޖުނާނާ ސައުދުﷲގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 14-16 ގެ ނަތީޖާއަކުން ވިދާދް އާއި ޖުނާނާގެ ޕެއާ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 10-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ސީނިއާ އަންހެން ކެޓަގެރީގައި މިއަހަރު ފަސް ޕެއާ ވާދަކޮށްފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.
ގުޅުންހުރި

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންޖީ ސްޓާޓިންގ ސެމީއަށް
ކާށިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް 2026: ނަމަވެސް ކަޓުވާލުމަށްފަހު ޗެމްޕިއަން އެސްޕީ ސްޕޯޓްސް ކުލަބު ސެމީއަށް

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: ފްލަޔާސް އާއި އީއެން ފޯރިގަދަ ކުރިމަތިލުން އެއްވަރު




